ޝެއިޚް ޝަހީމްގެ ތަރުބިއްޔަތުގެ ވާހަކައިން އަޅުގަނޑު ބޯ ގޮވައިފި

މުޖުތަމައުގައި ހުރި މައްސަލަތައް ރަނގަޅުކުރުމަށް ދީނީ އިލްމްވެރިން ނިކުމެވަޑައިގަތުމަށާއި ފައިގައި ޓެގް އެޅުވުމަކީ މީހުން މެރުން ފަދަ ނުރައްކާތެރި ޖަރީމާތަކުން މުޖުތަމައު ސަލާމަތްވާނެ ގޮތެއް ނޫން ކަމަށާއި، މި ކަމަށް އޮތް ހައްލަކީ (ދީނީ) ތަރުބިއްޔަތު ދިނުން ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ.ޝަހީމް ދާދި ފަހުން ވަނީ ވިދާޅުފައެވެ. ދީނީ އިމްލްވެރިންގެ ތެރެއިން ބައެއް ބޭފުޅުންނަކީ ނަފްސް ވިއްކުމުގައި އަރައިތިބި ބައެއްކަން މުޅި އިސްލާމީ އުންމަތް ދަނެއެވެ. މުޖުތަމައެއްގެ ސުލްހަމަސްލަހަތާއި އަމާންކަން ދެމިއޮންނަނީ މުހިންމު ކަންތައްތަކެއްގެ މައްޗަށެވެ. މީގެ ތެރޭގައި ދައުލަތަށް ލިބިގެންވާ އެންމެހައި ބާރުތައް ރަނގަޅަށް ތަންފީޒުކުރުމާއި ހުރިހައި މުއައްސަސާތައް ރަނގަޅަށް މަސައްކަތްކުރުން ހިމެނެއެވެ. ކިތަންމެ ރަނގަޅު މުޖުތަމައެއް ބިނާވެފައި އޮތަސްވެސް އެތަނެއްގައި ހިނގާ ނުބައިކަންތައްތައް ހުއްޓުވުމުގެ ޒިންމާ ރަނގަޅަށް އަދާނުކުރާ ނަމަ ފެތުރޭނީ ނާމާންކަމެވެ. ތަރުބިއްޔަތަކީ އެންމެހައި އިންސާނުންގެ އަޚްލާގާއި ސުލޫކާ ގުޅިފައިވާ ކަމެކެވެ. އެހެން ނަމަވެސް އިންސާނާއަކީ ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ މަޚްލޫގެކެވެ. ކިތަންމެ ތަރުބިއްޔަތެއް ލިބި އާލިމީ ފާހެއް ނަގާފައި ހުއްޓަސް މަގުފުރެދި ދަނީއެވެ.

އިސްލާމީ ދައުލަތެއްގެ ވެރިޔަކު، ވެރިކަމުން ދުރުކުރުން ލާޒިމް ނުވަނީސް 2012 ވަނަ އަހަރު ރާއްޖޭގައި ހިންގާފައިވާ ކަންތައްތަކުގެ އެންމެ މުގުލުގައި ތިބީ ތަރުބިއްޔަތުވެ، އާލިމީ ފާސް ނަންގަވައިގެން ތިއްބެވި މީހުންނެވެ. ދީނީ ބޭފުޅުންނާއި، ސިފައިންނާއި ފުލުހުންނާއި ސިޔާސީ ލީޑަރުންނާއި ގާޟީންނާއި މިފަދަ އެތައް ގިންތިއަކާއި ފަންތިއަކަށް ނިސްބަތްވާ ގަދަރުވެރި ފުންނާބު އުސް ގިނަ ގޭފުޅުންތަކެކެވެ. އެހެން ނަމަވެސް ގައުމުގެ ދިފާއީ ބާރަށް ހަމަލާ ދެމުން ހަރާމް ބައާވާތެއް ކުރަމުން ދިޔައީ ފާޅުގައެވެ. މުޖުތަމައެއްގައި މީހުން މެރުން ހައްދުފަހަނަޅައި ދިޔަ ކަމުގައިވިޔަސް ގައުމުގައި އަދުލު އިންސާފާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން އެ ފަރާތްތަކަށް ލިބިފައިވާ ހަގީގީ ބާރުތައް އެކްސަސައިޒްކުރާނަމަ މިފަދަ ކަންތައްތައް ކޮންޓްރޯލް ކުރެވޭނެއެވެ.

އިލާހީ ގާނުނުގައި ވަނީ ތަރުތީބުކުރެވިފައިވާ ފުރިހަމަ ނިޒާމެކެވެ. މިނިޒާމުގެ ތެރެއިން އިންސާނުން ހަމަމަގަށް އަޅުވައި މުޖުތަމައުގެ ހަމަޖެހުން ދެމެހެއްޓުމަށް ބޭނުން ހިފަން ޖެހެނީ ޝަރީއަތެވެ. ޝަރީއަތުގެ އަސާސްތަކާއި އުސޫލުތަކެވެ. އިސްލާމް ދީނުގެ ހުކުމްތައް ތަންފީޒުކޮށްގެންނެވެ. ޖާހިލިއްޔަ ޒަމާނުގައި ގަބީލާތަކުގެ މެދުގައި ހިނގަމުންދިޔައީ މިހާރު މިފެންނަ ކަހަލަ ޖަރީމާތަކެވެ. އެހެން ނަމަވެސ އިސްލާމް ދީނުގެ ހިދާޔަތާއެކު، މާތް ﷲ ވަނީ މަރަށް މަރު ހިފުމުގެ ހުކުމް ބާވައިލައްވައިފައެވެ. ނަތީޖާއަކަށްވީ މި ހާލަތަށް ވުރެ އެތައް ގުނައެއް ހައްދުފަހަނަޅައިފައި އޮތް ފާސިދު މުޖުތަމައުގައި މި ވަރުގަދަ ހިކުމަތްތެރި ހުކުމް ތަންފީޒުކުރެވި އަމާންކަން ގާއިމްވެގެންދިއުމެވެ.

އިސްލާމްދީނަކީ ތަރުބިއްޔަތަށް ބާރުއަޅާ ދީނެކެވެ. ތަރުބިއްޔަތަކީ ސުލްހަވެރި މުޖުތަމައެއްގެ ލޭ ނާރެވެ. އެހެން ނަމަވެސް މި ލޭނާރު ޚަރާބުނުކޮށް ރައްކާތެރިކުރެވޭނީ ޝަރުއީ ހަމަތަކާއި އުސޫލުތައް ތަންފީޒުކޮށްގެންނެވެ. މި “އޯޑަރ” ނުވަތަ ބެލެންސް ދެމެހެއްޓުމަށްޓަކައި ގާނޫނުތަކާއި ގާނޫނު އަސާސީ އަށް އިހްތިރާމްކުރަންޖެހެއެވެ. ޝަރުއީ ކޯޓުތަކާއި ފުލުހުންނާއި، މިނިވަން މުއައްސަސާތަކާއި ސިފައިންގެ މުއައްސަސާވެސް ރަނގަޅަށް ފަންކްޝަން ކުރަންޖެހެއެވެ. ފައިސާ ގޯނި ބަހަމުން ދިޔަ މީހާ ހިފާ ހައްޔަރުނުކޮށް ސާބިތު ހެކި ނެތް މީހުން ޖަލަށް ލުން ފަަދަ، ނާއިންސާފާއި އިސްލާމްދީނުގެ ހުދޫދުން ބޭރުވެ ހިނގާ ކަންކަން ހުއްޓުވުމަށް ހައްގުބަސް ބުނަންޖެހެއެވެ. އިސްލާމްދީން ކަނޑައަޅުއްވާފައިވާ މި ފުރިހަމަ ނިޒާމު ފުނޑުފުނޑުކޮށްލުމުން، ކިތަންމެ ވަރަކަށް ތަރުބިއްޔަތޭ ކިޔައެގެން ފޯރަމްތައް ބޭއްވިއަސް ނިކުންނާނެ ނަތީޖާއެއް ނޯންނާނެއެވެ.

 އެކަން ލޭބަލް ކުރާނީ އިސްލާހްކުރާ މީހުން ކަމަށް ބުނެ ތަން ފަސާދަކުރާ މީހުންގެ ގޮތުގައެވެ. މުނާފިގުންގެ ތާޖުއަޅުވާނެއެވެ. ތަރުބިއްޔަތުލިބިގެންތިބެ ރެހެންދި ފްލެޓް، ޕްލެޓިނަމް، ރީތިކާރުތަކާއި، ސިންގަޕޫރާއި މެލޭޝިއާގެ ފްލެޓްތައް ހުވަފެނުން ފެނި އެ ކުލަތަކުގެ އަވައިގައި ޖެހުމުން ތަރުބިއްޔަތުގެ ބޭނުމެއް ނޯންނާނެއެވެ. މިގައުމަށް ބޭނުންވަނީ ގާއިމްކުރެވިފައިވާ މުއައްސަސާތަކައި އިދާރާތައް އިޚްލާސްތެރިކަންމަތީ މަސައްކަތްކުރުމެވެ. ތަރުބިއްޔަތު ފުރާ ފުރިހަމަވެ، އަޒުހަރުގެ އާލިމީ ފާސް އޮތް ބޭފުޅަކު ވެސް އަޅުގަނޑުމެންގެ މައްޗަށް ވެރިކަމެއްކޮށްފޫއެވެ. ދޫކުރައްވާ ވަޑައިގަތީ މަސްތުވާތަކެތީގެ ވިހަ ލާފައި އޮތް މުޖުތަމައެކާއި ވީދާލާފައި އޮތް އެ މުމުތަމައުގެ ފޭރާމެވެ. ސެކިއުލާ ނުވަތަ ލާދީނީ ވެރިކަމެކެވެ.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s